ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)348-CA/348/2022/79
ޕަބްލިޝްކުރި ތާރީޚް: 12 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 20 ޖޫން 2022 00:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ގަތުމަށް

އިޢުލާން

1.5  ޓަނުގެ ޕިކަޕެއް ގަތުމާއި ގުޅޭ

              މި އިދާރާގެ ބެލުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްކުރުމާއި،  ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް 1.5 ޓަނު އުފުލޭ ޕިކަޕެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ.

ޕިކަޕް ވިއްކުމަށް އަންދާސީ ހިސާބު ހުށައަޅުއްވާއިރު، ޕިކަޕާއި ގުޅޭ ތިރީގައި އެވާ މަޢުލޫމާތު ހުށައެޅުއްވުން އެދެމެވެ. އަދި ޕިކަޕުގެ ފޮށިގަނޑުގައި އެސް.އެސް ފިލާޖަހަންވާނެއެވެ.

  • ޕިކަޕުގެ ބްރޭންޑް
  • ޕިކަޕުގެ މޮޑެލް ކޯޑް
  • އެންޖީން ސީ.ސީ
  • ޓްރާންސްމިޝަން
  • ޕިކަޕް ދުއްވާފަ ހުރިވަރު
  • ސީޓުގެ އަދަދު
  • ފިޔުލް
  • ޕިކަޕް އުފެއްދި ތާރީޚް
  • ޕިކަޕުގެ ކުލަ
  • ފޮށިގަނޑު ސައިޒް

               ޕިކަޕު ރެޖިސްޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތަކެއް ޕިކަޕްވިއްކާ ފަރާތުން ކޮށްދޭންވާނެއެވެ. އަދި ޕިކަޕް ރަށަށް ގެނައުމަށް އަރުވާ ބޯއްޓާއި ހަމައަށް ގެންގޮސް ދިނުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ ޕިކަޕެއް އޮމަދޫ ކައުންސިލް އިދާރާއަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޖޫން 2022 ވަނަ ދުވަހުގެ 13:00އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީގައި ޕިކަޕުގެ އަގާއި، ޕިކަޕު ފޯރުކޮށްދެވޭނެ މުއްދަތާއި، ޕިކަޕުގެ ތަފްސީލް ސްޕެސިފިކޭޝަން ހުށަހަޅުއްވަން ވާނެއެވެ.

ހުށައަޅުއްވާ އަންދާސީ ހިސާބާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ޖީ.އެސް.ޓީ ރެޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.

ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފްސީލް

ފޯމިއުލާ

އަގު

80%

  • ތަކެތި ނުވަތަ ހިދުމަތުގައި އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑްއިވަލުއޭޝަން ބޯޑުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައި ޕަސަންޓް ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ،
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ   ކުޑަ އަގަށެވެ.

Benchmark(Price/ SubmittedPrice)         x Allocated percentage

ހުށައެޅުން- ފީޗާރސް

10%

  • މިބަޔަށް މާކްސް ދެވޭނީ އެންމެ ރަނގަޅު   ހުށައެޅުމެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް، ހުށައެޅުންތަކުގެ ރޭޝިއޯއިންނެވެ.

Benchmark( Submitted Specification) x Allocated percentage

މުއްދަތު

10%

  • ތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ މުއްދަތަށްދޭ  މާކްސް
  • މިބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ މުއްދަތެއްގައި މުދާ ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ގިނަ މާކްސް ލިބޭގޮތަށް ހުށަހަޅާފައިވާ މުއްދަތުހެ ރޭޝިއޯއިންނެވެ.

Benchmark ( Submitted Duration) x Allocated percentage

 

             އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު:6680542    ފޯނަށް ގުޅުއްވުން އެދެމެވެ.

   

12 ޛުލްޤާއިދާ   1443

    12  ޖޫން      2022

12 ޖޫން 2022