ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ލޭންޑް އިންފޮރމޭޝަން ސިސްޓަމްގެ ސަރވާ ގާއިމްކުރުމަށްޓަކައި ތިރީގައިވާ ތަކެތީ ގަތުމަށް ބޭނުންވެއެވެ.
- 1 Server
- 1 Storage (SAN)
- 1 Network switch
- 1 Windows Server 2022 Datacenter, 24 core, unlimited Vms
- 2 MSSQL Server 2019 Enterprise 2 core server volume licensing, hosting
2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންނެވެ. ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.
3. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ދެވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
މި ދުވަސްވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.
4. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
13 ޛުލްޤަޢިދާ 1443ހ.