މަސައްކަތް
ނަންބަރު: (IUL)459-PL/459/2022/51
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 19 ޖޫން 2022 11:00
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން އުކާލަންޖެހޭ ތަކެތި އުކާލަދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

              މިމަރުކަޒުން ނައްތާލަން ނުވަތަ އުކާލަންޖެހޭ ސިއްހީ ޙިދުމަތަށް ބޭނުންކުރާ އާލަތްތަކާއި، ދަނގަޑު އެނދު، ގޮދަޑި، ވީލް ޗެއަރ، ފްރީޖް، އަވަން، ދޮންނަމެޝީން، ދަޅާއި ފުޅި އަދި މިނޫންވެސް އެހެނިހެން ކުނިބުނި ތިލަފުއްޓަށް ގެންގޮސް އުކާލަދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަރުކަޒަށް ދުރުވެ އުކާލަންޖެހޭ އެންމެހައި ތަކެތި އެއްކުރެވިފައި ހުރިތަންތަން ބެލުމަށް ފަހު 19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިމަރުކަޒަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 ޖޫން 2022