ކުއްޔަށް ހިފުން
ނަންބަރު: (IUL)23-AP/23/2022/289
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 18:31
ސުންގަޑި: 20 ޖޫން 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތަށް އިމާރާތެއް ކުއްޔަށް ހިފުމަށް

އިޢުލާން

 

                                   މިނިސްޓްރީ އޮފް ހެލްތަށް އިމާރާތެއް ކުއްޔަށް ހިފުމަށް  ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން  20 ޖޫން 2022 ވާ ހޯމަ ދުވަހުގެ  މެންދުރުފަހު 13:00 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 21 ޖޫން 2022 ވާ އަންގާރަ ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

10 ޛުލްޤައިދާ 1443

09 ޖޫން 2022