ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-HR/167/2022/62
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 16 ޖޫން 2022 16:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ

 ` 

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                                

އިޢުލާން

މިސަރވިސްގެ ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.                                                                                                                 

މަޤާމް:

އެސިސްޓެންޓް ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ސީ 2

ކްލެސިފިކޭޝަން:

އޮޕަރޭޝަނަލް ސިވިލް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު -/5,400 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު -/2,430 ރުފޔާ

މަސައްކަތް ކުރަންޖެހޭ ތަން:              

އިންޓަރނަލް އޮޑިޓް (ހެޑް އޮފީސް)

މަޤާމުގެ މަސްއޫލިއްޔަތު:

  • މި ސަރވިސްގެ ހެޑްއޮފީހާއި އެންމެހާ ޖަލުތަކާއި ޑިޓެންޝަން ސެންޓަރުތަކާއި އިދާރާ ތަކުގައި މަސައްކަތްތައް ހިނގަމުންދަނީ ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށްތޯ ބެލުން.
  • މި ސަރވިސްއަށް ހޯދާ މުދަލާއި ތަކެތި ސްޓޮކްކޮށް ބަލަހައްޓަމުން ދާގޮތް އޮޑިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • އިންޓާނަލް އޮޑިޓް ރިޕޯޓާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން.
  • ޖަލުތަކާއި ޑިޓެންޝަން ސެންޓަރގެ ސްޓޮކްގައި މަސައްކަތް ކުރާ އޮފިސަރުންނާއި، މުވައްޒަފުންނަށް މަސައްކަތާއި ގުޅޭ ގޮތުން މަޢުލޫމާތު ދިނުމުގެ މަސައްކަތް ކުރުން.
  • އިންޓަރނަލް އޮޑިޓް ސެކްޝަންގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • ސެކްޝަނަށް އަންނަ މެމޯ، ސިޓީ ފަދަ ތަކެއްޗަށް ޖަވާބު ދިނުން.

 

ފެންވަރު ނުވަތަ ޝަރުތު:                         

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 35 (ތިރީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން

ވަޒީފާއާއި ގުޅޭ ދާއިރާ:

  • އޮޑިޓް
  • ފައިނޭސް އެންޑް އެކައުންޓިން ދާއިރާ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާ
  • މެނޭޖްމަންޓް ދާއިރާ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އޮޑިޓް ދާއިރާ
  • ފައިނޭސް އެންޑް އެކައުންޓިންގ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް  

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ނަކަލު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތައް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.
  • ޕޮލިސް ރިޕޯޓް (4މަސް ހަމަނުވާ)

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

 

 

  • ދާއިރާއާއި ގުޅޭ ތައުލީމް ޝަރުތު (ސާޅިސް ފަސް ޕަސެންޓް)
  • ދާއިރާއާއި ގުޅޭ ތައުލީމްގެ އިތުރަށް ލިބިފަޢިވާ ތަޢުލީމް (ފަސް ޕަސެންޓް)
  • އަސާސީ ޝަރުތުގެ އިތުރަށް ލިބިފައިވާ މަސައްކަތު ތަޖުރިބާ )ދިހަ ޕަސެންޓް)
  • އެސެސްމަންޓް (ދިހަ ޕަސެންޓް)
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް ޕަސެންޓް)

 

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު  16 ޖޫން 2022 ވާ ބުރާސްފަތި ދުވަހު 16:00ގެ ނިޔަލަށް [email protected] ނުވަތަ

[email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު:

 

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކްކޮށް ޔަޤީންކުރަންވާނެއެވެ.)

 

 

 

 

 

 

 

 

 

                                                  

                                         

 

09 ޖޫން 2022