ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސަރވިސްގައި ބޭނުންކުރުމަށް ޕޭ ރޯލް ބައި ހިމެނޭ ގޮތަށް ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރއެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު MMS-A/2014/18 އިޢުލާނާ ގުޅިގެން މަޢުލޫމާތު ޝީޓް ބަދަލުވުމުން އެއީ ފުރަތަމަ އިޢުލާން ކަމަށްވާތީއާއި، އަދި އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ 2 ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 30 ވާ އަންގާރަ ދުވަހުގެ 10:30 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ހުންނަ މިސަރވިސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 13 ވާ ހޯމަ ދުވަހުގެ 10:30 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 7465292 އަށް ގުޅުއްވުން އެދެމެވެ.
27 ޛުލްޤަޢިދާ 1435