ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)239-PPRM/221/2022/1
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 16 ޖޫން 2022 00:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން

ނޫސް ބަޔާން

 

 

ތަރައްޤީ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާގޮތް ރައްޔިތުންނާއި ޙިއްސާކުރުން

 

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީއުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ވާގޮތުގެމަތިން ތަރައްޤީގެ ޕްލޭނަށް ޢަމަލީސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ޢާއްމުކުރުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ޤާނޫނު ނަމްބަރު (7/2010) (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާގޮތަށް ، 2022 ވަނަ އަހަރުގެ މާރޗް/އެޕްރީލް  މަހުގައި މި ދެންނެވި މަޢުލޫމާތު ޢާއްމުކޮށްފައިވާ ކައުންސިލްތަކުން އެމަޢުލޫމާތު މި ކައުންސިލަށް ޙިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން މާރޗް އެޕްރީލް މަހުގައި މަޢުލޫމާތު ޢާއްމުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅާފައިވާ، މި އިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

1-      ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ

2-      ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ

3-      ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

4-      ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ

5-      ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް ، އަތޮޅުކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

                       09 ޖޫން 2022 

09 ޖޫން 2022