ދިވެހިރާއްޖެ
ފުވައްމުލަކުގައި ބޮޓްލް ވޯޓަރ އުފައްދައި ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު IUL)243-S01/PRIV/2014/10)ފ(11 އޮގަސްޓު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ފުވައްމުލަކުގައި ބޮޓްލް ވޯޓަރ އުފައްދައި ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ފުވައްމުލަކު ބަނދަރު ސަރަޙައްދުން 25 އަހަރަށް ބިން ކުއްޔަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްގެ މައްޗަށް ރިޢާޔަތްކޮށް ބަނދަރުން ދޫކުރާ ބިމުގެ ކުލި ކުޑަކޮށް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، ފުވައްމުލަކުގައި ބޮޓްލް ވޯޓަރ އުފައްދައި ފުވައްމުލަކު ރައްޔިތުންނަށް އަގުހެޔޮކޮށް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ފުވައްމުލަކު އަތޮޅުކައުންސިލް އިދާރާއަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 5001686 ނަންބަރު ފޯނާއެވެ.
23 ޛުލްޤަޢިދާ 1435