ދިވެހިރާއްޖެ
ސުރުހީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް މި އިދާރާއިން ކުރެވުނު ނަންބަރު ( (IUL)236-IED/236/2022/14އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން |
15 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގެ 6724717 / 6724718 ނުވަތަ 6724716 ނަމްބަރު ފޯނަށް ގުޅުއްވާ ރަޖިސްޓްރީކުރުން |
|
ޕްރީބިޑް މީޓިން |
16 ޖޫން 2022 ( ބުރާސްފަތި ) 11:00 |
މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް |
ބީލަން ހުށަހެޅުން |
23 ޖޫން 2022 ( ބުރާސްފަތި ) 11:00 |
މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ ޖަލްސާކުރާ މާލަމް |
މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.