ދިވެހިރާއްޖެ
2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން
މިހޮސްޕިޓަލުގެ ނަންބަރ (IUL)BAH-AHR/BAH/2022/44 ( 24 މެއި 2022 ) އިއުލާނަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ އެ އިއުލާނު ބާތިލްކޮށް މިހޮސްޕިޓަލްގެ ބޭނުމަށް 02 ކޮޓަރީގެ އެޕާރޓްމަންޓެއް 02 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް އަލުން އިއުލާނު ކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:30 ގައިބ.އަތޮޅުހޮސްޕިޓަލުގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6600260 އަށް ގުޅުއްވުން އެދެމެވެ.