މަސައްކަތް
ނަންބަރު: (IUL)300-EC/300/2014/30
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި:
02 އޮކްޓޫބަރު 2014 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ރައްވެހިގެ ކުރިމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
- މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 02 އޮކްޓޫބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:00ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 12 އޮކްޓޫބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
ހ. މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ރައްވެހިގެ ކުރިމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
- ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.
23 ޛުލްޤަޢިދާ 1435
18 ސެޕްޓެންބަރު 2014