ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2022/57
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 07 ޖުލައި 2022 00:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 15 ޖޫން 2022 10:38 ގައި ބާތިލް ކުރެވިފައެވެ.


       ނަންބަރ:(IUL)258/258/2022/57

އިޢުލާން

 

ހަނިމާދޫ ކައުންސިލްގެ ސިއްކަ ފަރުމާކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 

       ހަނިމާދޫ ކައުންސިލަށް ރަސްމީ ސިއްކައެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖުލައި 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު ހަނިމާދޫ ކައުންސިލްގެ ރަސްމީ މެއިލް [email protected] އަށް ފޮނުއްވައިދެއްވުންއެދެމެވެ.

          އަދި ދަންނަވަމެވެ. ހުށަހަޅާ ސިއްކަގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ސިއްކަ ހުށަހެޅުއްވި ފަރާތަކަށް 5000/- (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ. ވީމާ ސިއްކަ ފަރުމާކުރުމާއިގުޅޭ މަޢުލޫމާތު ޝީޓު މިއިޢުލާނާއި އެއްކަރުދާސް ކުރަމެވެ.

08 ޛުލްޤައިދަ 1443

08 ޖޫން 2022

08 ޖޫން 2022