ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-m/406/2022/20
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 08 ޑިސެންބަރު 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނީގެ ޚިދުމަތާއި ގުޅޭ

                  ގޯތިތެރޭގައި އިންތިޒާމް ނުކުރެވޭވަރަށް އުފެދޭ އަދި އުފައްދާ ގާކުނޑިއާއި، އެއްފަހަރާ ކަނޑާ ގިނައަދަދެއްގެ ރުއްގަސްފަދަ ތަކެތި މަގުމަތީގައި ބެހެއްޓުމަކީ މަނާކަމެކެވެ. މިފަދަ ކުނިތައް އުކާލާނީ މިކަމަށް ކައުންސިލްގައި އެދުމުން ކޮންމެ ކުނިދަތުރަކަށް 75 (ހަތްދިހަފަސް ރުފިޔާ ) ގެ ރޭޓުންނެވެ. ކުނި ޕިކަޕަށް ކުނި އެރުވުމާއި، ކުނި ހުސްކުރުމަކީ ވެރިފަރާތުގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ.  އަދި މިފަދަ ކުނި އުކާލެވޭނީ ޚިދުމަތައް އެދޭ ތަރުތީބުންކަމުގައި ވެސް ދަންނަވަމެވެ.

ކުނީގެ ޚިދުމަތަށް ފީނެގުމަށް ހަމަޖެހިފައިވާގޮތް:

1-       ގޯތި ގެދޮރުން 100 ރ (ސަތޭކަ ރުފިޔާ)

2-      ލޯކަލް ވިޔަފާރިކުރާ ފިހާރަތަކުން 300ރ (ތިންސަތޭކަ ރުފިޔާ)

3-      ސައި ހޮޓާ އަދި ރެސްޓޯރެންޓްތަކުން 300ރ (ތިންސަތޭކަ ރުފިޔާ)

4-      ދައުލަތުގެ އިދާރާތާކުން 500ރ (ފައްސަތޭކަ ރުފިޔާ)

5-      ކާރޕެންޓްރީ އަދި ވޯރކް ޝޮޕްފަދަ ތަންތަނުން 300ރ (ތިންސަތޭކަ ރުފިޔާ)

6-      ކްލަބް ޖަމްޢިއްޔާތަކުން 100ރ (ސަތޭކަ ރުފިޔާ)

7-      ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިޖުތިމާޢީ ސަރަޙައްދުތައް500  (ފައްސަތޭކަ ރުފިޔާ)

8-      އަމިއްލަ ސްކޫލް އަދި ޓިއުޝަން ކްލާސްތައް ފަދަ ތަންތަން300  (ތިންސަތޭކަ ރުފިޔާ)

9-      ރަޖިސްޓްރީ ނުވާ ފަރާތްތަށް ކުނި ކޮއްޓަށް ކުނިއުކާލުމަށް 90 ( ނުވަދިހަ ރުފިޔާ ) މަހުފީ އަކަށް ނަގާނެއެވެ.

                     ކުނި އުކާލުމަށް ގެނެވުނު ބަދަލާއިއެކު ރަށުގެ ކޮންމެ ގޭބިސީއަކުންވެސް މަތީގައި ފާހަގަކޮށްފައިވާ  ކެޓެގަރީ ތަކުގެ ތެރެއިން ކުނި ނައްތާލުމަށް އިޙްތިޔާރުކުރާ ގޮތެއް ކަނޑައަޅައި މިއިދާރާގައި ރަޖިސްޓްރީ ވާންވާނެއެވެ.  ރަޖިސްޓްރީ ނުވާ ފަރާތްތަކާމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.އަދި މީގެތެރޭގައި މިހާރު ކުނި އުކާލުމަށް މި އިދާރާގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ނުހިމެނޭނެ ވާހަކަވެސް  ދަންނަވަމެވެ.

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖޫން 2022