މުބާރާތް
ނަންބަރު: (ILU)374-C/374/2022/18
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:40
ސުންގަޑި: 23 ޖޫން 2022 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުން

 (IUL)374-C/374/2022/18 :ނަންބަރު                                   

 

އިއުލާން

 

1443 ވަނަ އަހަރުގެ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުން :

މިއިދާރާއާއި ، ރަށުގައި ހުރި ސަރުކާރުގެ މުވައްސަސާތަކާއި ، ފ.ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ،ރަށުގައި ހަރަކާތްތެރިވާ ކުލަބު ޖަމުއިއްޔާ ޖަމާއަތްތަކާއި ގުޅިގެން 1443 ވަނަ އަހަރުގެ ބޮޑުއީދު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން  އީދު ފާހަގަ ކުރުމަށް ކުރިޔަށް ގެންދާ ހަރަކަތްތަކުގެ ތެރޭގައި މުބާރާތެއްގެ ގޮތުގައި މަންޑި، ބޮނޑި އަދި ވާދެމުން ހިމެނިފައި ވެއެވެ. މިމުބާރަތްތައް ކުރިޔަށް ގެންދާނީ 1443 ވަނަ އަހަރުގެ ޒުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތްތައް ހުޅުވާލާފައިވާނީ އުމުރުން 18 އަހަރުންމަތީގެ ދެޖިންސުގެ މީހުންނަށެވެ.   

ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް 2022 ޖޫން 23 ވަނަ ދުވަހުގެ އޮފިސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިމުބާރާތްތަކުގެ ޤަވައިދުތައް 2022 ޖޫން 12 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މިއިދާރާއިން ލިބޭނޭ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

8 ޖޫން 2022

08 ޖޫން 2022