ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-m/406/2022/21
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 08 ޑިސެންބަރު 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނީގެ ބައިތައް ވަކިކޮށްގެން ކުނިއުކާލުމާއި ގުޅޭ

މި ފަހަކަށްއައިސް ރަށުތެރޭގައި މެހި ގިނަވަމުންދާތީވެ، ކުނި އުކާލުމުގައި ގެބީސީތަކުން  ތިރީގައި މިދަންނަވާ ކަންކަމަށް ސަމާލުކަންދީ، ޢަމަލުކުރުމުން ގެންދިއުމަށް ދަންނަވަމެވެ. 

  1. ކެއުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން ބާކީވާ ކުނިވާ ޒާތުގެ އެންމެހާ ތަކެތި ހުންނަންވާނީ ކޮތަޅެއްގައި، ގޯނި ނުވަތަ  ޓައްޕުފަދަ ތަކެއްޗަށްއަޅާ ބަންދުކުރެވިފައެވެ.  
  2. ނެޕީ ފަދަތަކެތި ކޮތަޅެއްގައި ގޯނި ނުވަތަ ޓައްޕުފަދަ ތަކެއްޗަށްއަޅާ ބަންދުކުރެވިފައެވެ.
  3. ފަތްކުނޑި،އުނބު ފަދަ ތަކެތި ގޯނި ނުވަތަ ޓައްޕުފަދަ ތަކެއްޗަށްއަޅާފައި ވަކިން ބެހެއްޓުން
  4. ދަނގަޑު ބިއްލޫރި، ޕްލާސްޓިކް ފަދަ ތަކެތި ގޯނި ނުވަތަ ޓައްޕުފަދަ ތަކެއްޗަށްއަޅާފައި ވަކިން ބެހެއްޓުން
  5. އިމާރާތްކުރުމުން އުފެދޭ ގާކުނޑި، ގޯނި ފަދަ ތަކެތި ގޯންޏަކަށް އަޅާފައި ވަކިތަނެއްގައި ބެހެއްޓުން

               މިފަދަކުނީގެ ބައިތައް ވަކިކޮށް ފަސޭހައިން ނަގައިގެން ގެންދެވޭނެގޮތަކަށް ވަކިތަނަކަށް ޖަމާކޮށްފައި ބެހެއްޓުމަކީ ކަސްޓަމަރުންގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ.  

               ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖޫން 2022