ބީލަން
ނަންބަރު: GS03/IUL/2022/021
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 23 ޖޫން 2022 10:00
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުން

 

މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް  ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުން

 

މިސްކޫލުން ދައްކާ ނަމޫނާއާއި އެއްގޮތަށް މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯމް ސަޕްލައި ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

ތާރީޙް: 16 ޖޫން 2022 (ބުރާސްފަތި)

ތާރީޙް: 23 ޖޫން 2022 (ބުރާސްފަތި)

ގަޑި: 10:00 / ތަން: ހިތަދޫ ސްކޫލް (އޮފީސް)

ގަޑި: 10:00 / ތަން: ހިތަދޫ ސްކޫލް (އޮފީސް)

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޖޫން 17 ވަނަ ދުވަހުގެ  14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2022 ޖޫން 23 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ އޮފީހުގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  4. މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
  5.  އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6888626 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

08 ޖޫން 2022

08 ޖޫން 2022