ކުއްޔަށް ހިފުން
ނަންބަރު: (IUL)203-ERC/1/2022/41
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 19 ޖޫން 2022 13:30
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ގއ. އަތޮޅު އިކޮލޮޖިކަލް ސާރވޭ ކަނޑު އުޅަނދެއް ކުއްޔަށް ހިފުން

 

ނަންބަރު   (IUL)203-ERC/1/2022/41    : 

 

އިއުލާން

 

ގއ. އަތޮޅު އިކޮލޮޖިކަލް ސާރވޭ – 22 ޖުލައި 2022 އިން 04 އޮގަސްޓް 2022 އަށް

 

މި އެޖެންސީގެ ފަރާތުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ގއ. އަތޮޅުގެ އިކޮލޮޖިކަލް ސާރވޭގެ މަސައްކަތް ކުރުމަށް، ގއ. އަތޮޅުގެ ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ދަތުރުކުރުމަށް ކަނޑު އުޅަނދެއް ކުއްޔަށް ހިފުމަށް ބޭނުންންވެއެވެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި އެޖެންސީއަށް (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، 3 ވަނަ ފަންގިފިލާއަށް ) ވަޑައިގެންދެއްވުން އެދެމެވެ. މި ޢިއުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތެއް ) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކުރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން އަންދާސީ ހިސާބު ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:30 އަށެވެ.

 

މި އިޢުލާބާއު ގުޚިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335953 ނަންބަރު ފޯނަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

08 ޛުލްޤައިދާ 1443

08 ޖޫން 2022