ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-HR/167/2022/59
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 13 ޖޫން 2022 16:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޗް.އާރ އޮފިސަރ (އެސިސްޓެންޓް ސިވިލް އޮފިސަރ)

`

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ                                        

އިޢުލާން

މިސަރވިސްގެ ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.                                                                                                             

މަޤާމް:

އެސިސްޓެންޓް އެޗް.އާރ އޮފިސަރ (އެސިސްޓެންޓް ސިވިލް އޮފިސަރ)

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ސީ 2

ކްލެސިފިކޭޝަން:

އޮޕަރޭޝަނަލް ސިވިލް އޮފިސަރސް

އަސާސީ މުސާރަ:

މަހަކު-/5,400 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު-/3,500 ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު-/2,430 ރުފޔާ

މަސައްކަތް ކުރަންޖެހޭ ތަން:              

އެޗް.އާރ ސެކްޝަން (ހެޑް އޮފީސް)

މަޤާމުގެ މަސްއޫލިއްޔަތު:

  • އެޗް.އާރުން އިސްނަގައިގެން ހިންގާ ހަރަކާތް ތަކާއި ނިޒާމުތަށް ގާއިމުކުރުމާއި ކުރިއެރުމަށް އެހިވުން.
  • ވަޒީފާއަށް މީހުން ހޯދުމުގައި އަމަލީގޮތުން ބައިވެރިވުން (ވަޒީފާ ބަޔާން ތައްޔާރުކުރުން، ވަޒީފާތަކަށް އިއުލާން ކުރުން، މީހުން ނެގުމުގެ މަރުހަލާތަށް ބެލެހެއްޓުން).
  • ވަޒީފާތަކަށް މީހުން ނެގުމުގައި ދެމެހެއްޓެނިވި ޕްލޭންތަށް ރާވައި ހިންގުން
  • ތަންރީން ޕްރޮގުރާމްތައް އުފެއްދުން.
  • މުވައްޒަފުންގެ މަސައްކަތްތަށް ބެލެހެއްޓުމުގެ މަރުހަލާތަކުގައި އެހީވުން.
  • މަސައްކަތުގެ އަޙުލާގާއި ކަމާއިގުޅޭ ޝަކުވާތަކާއި ގުޅޭ ކަންކަން ބެލެހެއްޓުމުގައި އެހީވުން.
  • ހާޒިރީ، އީ.އީ.އޯ ޑާޓާ ފަދަ މުވައްޒަފުބް ރެކޯޑްތަށް ޤާނޫނާ ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުން
  • ވަޒީފާ ދިނުމާއި މަސައްޖަތުގެ ހާލަތުބަލައި، އެކަންކަން ހުރީ ޤާނޫނާއި އެއްގޮތަށްކަން ކަށަވަރުކުރުން.

ފެންވަރު ނުވަތަ ޝަރުތު:                        

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  1. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ
  2. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން

ވަޒީފާއާއި ގުޅޭ ދާއިރާ:

  • ހިއުމަން ރިސޯސް ދާއިރާ.
  • އެޑްމިނިސްޓްރޭޝަން ދާއިރާ
  • މެނޭޖްމަންޓް ދާއިރާ

މަޤާމުގެ ތަޢުލީމީ ރޮނގުތަށް:

  • ހިއުމަން ރިސޯސް ދާއިރާ
  • އެޑްމިނިސްޓްރޭޝަން ދާއިރާ
  • މެނޭޖްމަންޓް ދާއިރާ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލު
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.
  • ޕޮލިސް ރިޕޯޓް (4މަސް ހަމަނުވާ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • އަސާސީ ތައުލީމާއި ތަމްތީން ޝަރުތު ހަމަވުން (ސާޅިސް ޕަސެންޓް)
  • އަސާސީ ޝަރުތުގެ  އިތުރަށް ލިބިފަޢިވާ ތަޢުލީމް (ދިހަ ޕަސެންޓް)
  • އަސާސީ ޝަރުތުގެ އިތުރަށް ލިބިފައިވާ މަސައްކަތު ތަޖުރިބާ )ފަސް ޕަސެންޓް)
  • އެސެސްމަންޓް (ދިހަ ޕަސެންޓް)
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް ޕަސެންޓް)

ސުންގަޑި:

 

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 13 ޖޫން 2022 ވާ ބުރާސްފަތި 16:00ގެ ނިޔަލަށް [email protected] ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.)

 

07 ޖޫން 2022