މަސައްކަތް
ނަންބަރު: (IUL)236-IED/236/2022/1
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 15 ޖޫން 2022 14:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާނު

އިޢުލާނު

 

މ. މުލީގައި އަލަށް ޢިމާރާތްކުރަން ހަމަޖެހިފައިވާ " ކޮމިއުނިޓީ ސެންޓަރ " 3 ބުރީގެ ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ޑީޓެއިލް ޑްރޯވިންގ ތައްޔާރުކޮށްދީ، ބިލްސް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިޔު)، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

 

            މި އިދާރާއިން މ. މުލީގައި އަލަށް ޢިމާރާތްކުރަން ހަމަޖެހިފައިވާ " ކޮމިއުނިޓީ ސެންޓަރ" 3 ބުރީގެ ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ޑީޓެއިލް ޑްރޯވިންގ ތައްޔާރުކޮށްދީ، ބިލްސް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިޔު)، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

 

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 15 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

 

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނި/ އިންވެސްޓްމެންޓްގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

ޕްރީ ބިޑް މީޓިންގ އޮންނާނީ  16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމް  ގައި އެމް އެސް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށެވެ. މި މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމް  ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 14 ޖުލައި 2022 ވާ ބުރާސްފަތިވާ ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ  6724702ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މަޢުލޫމާތު ޝެޝަންގައި ބައިވެރި ވެލެއްވޭނީ ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. އެމް.އެސް ޓީމްސް މެދުވެރިކޮށް، މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ލައްވާ ފަރާތްތައް ރަޖިސްޓްރީކުރުމުން އޮންލައިން އެމް.އެސް ޓީމްސް މީޓިންލިންކް ޙިއްޞާކުރެވޭނެއެވެ. މައުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

08 ޖޫން 2022