ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)348-CA/348/2022/78
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 19 ޖޫން 2022 14:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މީހުން ހޯދުމަށް

މަޤާމް:

މަސައްކަތު.     ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން 1 އަހަރު ދުވަހަށް.  

ބޭނުންވާ އަދަދު:

03 ( ތިނެއް )

މަޤާމްގެ ގިންތި:

ވަގުތީ މަސައްކަތު

މަޤާމް އޮތް އޮފީސް

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ ޝަރުތުތައް

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

 

މުސާރަ:

މަޤާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު

މަސައްކަތް ކުރާ ދުވަހަކަށް

 

މަސައްކަތު

ޝަރުތު ހަމަވާނަމަ   

SS1

މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 8 ގަޑިއިރު.

-/300

 

މަޤާމުގެ މައިގަނޑު މަސްލިޔަތުތަކާއި ވާޖިބުތައް

1. ރަށުގެ ކުނިގޮނޑުބެލެހެއްޓުމާއި އެތަނަށްގެންދާ ކުނިއެންދުމާއި ކުނިމެނޭޖުކުރުމާއި އަޅިވަޅުގަނޑުނެގުމާއި ގުޅޭ މަސައްކަތައް.

2.ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އިޖުތިމާޢީބިންތަކާއި އިމާރާތްތަކާއި ، ބަނދަރާއި އަދިމިނޫނަސް އެކިއެކިތަންތަނުގައި އުފެދޭކުނި ނައްތާލާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭމަސައްކަތްތައް.

3. މަގުތަކާއި ގޯޅިތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ،ގަސްއިންދުމާއި ،  ގަސްކޮށާ މަގުތައް ބެލެހެއްޓުމާއި ގުޅޭމަސައްކަތްތައް.

4.ކައުންސިލުން ރާވާހިންގާ އެކިއެކި މަސައްކަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

2.ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު(ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

4- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރްގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންއޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ)ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކެރިއަށްގެންދާ ރާއްޖޭގެ ޕޮރްގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

 

 

 

ވަޒީފާއަށް އެދޭ ފޯމް އދ. އޮމަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް ހުށައަޅަން ޖެހޭތަކެތި ހުށަހަޅާނީ  2220 ޖޫން  19 ވާ އާއްދީތަ ދުވަހުގެ 14:00 ގެ ކުރިން އދ. އޮމަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަންފޯމް ބާތިލް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖޫން 20 އާއި 2022 ޖުލައި 20 އާއި ދެމެދު އދ.އޮމަދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޙް ތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

 

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ އިންސައްތަ:

 

މި މަޤާމަށް މީހުން ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %35 (ތިރީސްފަހެއް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން :

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680542 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ  [email protected]  އަށެވެ.

 

08 ޖޫން 2022