ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138/138/2014/65
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި:
30 ސެޕްޓެންބަރު 2014 15:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން ޕުރޮގުރާމަށް ފޯމު ހުށަހެޅުމާބެހޭ
"ގެދޮރުވެރިކުރުން" ޕުރޮގުރާމުގެ ދަށުން މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ގިނަ ދުވަހު އުޅެމުންގެންދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ފްލެޓް ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން 21 ސެޕްޓެންބަރު 2014 އިން 30 ސެޕްޓެންބަރު 2014 ގެ ނިޔަލަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.
- ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، ހެނދުނު 8:15 އިން މެންދުރުފަހު 3:00 އަށެވެ. މި ވަގުތުގެ ތެރޭގައި ނަންބަރު ނަންގަވަން ވަޑައިގަންނަވާ ފަރާތްތަކަށް ކިއުއަކާ ނުލައި ކޮންމެ ދުވަހަކު ވެސް ނަންބަރު ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.
- ނަންބަރު ނަންގަވަން ވަޑައިގަންނަވާ ފަރާތްތަކުން ފޯމު ހުށަހަޅުއްވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
- ނަންބަރު ދޫކުރެވޭނީ ފޯމު ބަލައިގަންނަ ތާރީޚާއި، ފޯމު ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެހުމަށްފަހުގައެވެ.
- ދޫކުރެވޭ ނަންބަރުތަކަށް ޚިދުމަތް ދެވޭނީ ނަންބަރު ދޫކުރާއިރު ނަންބަރުގައި ޖަހާފައިވާ ތާރީޚުގައެވެ.
- މި ޕުރޮގުރާމަށް ފޯމު ހުށަހެޅުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ 30 ސެޕްޓެންބަރު 2014 ނަމަވެސް 30 ސެޕްޓެންބަރު 2014 އާ ހަމައަށް ދޫކުރެވޭ ނަންބަރުގައި ޖަހާފައިވާ ތާރީޚަކީ 30 ސެޕްޓެންބަރު 2014 ގެ ފަހުގެ ތާރީޚެއް ނަމަވެސް އެތާރީޚެއްގައި އެ ފަރާތެއްގެ ފޯމު ބަލައިގަނެވޭއެވެ.
- ކޮންމެ ފަރުދަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް ނަންބަރެވެ. ނަމަވެސް، ދެމަފިރިން ފޯމު ހުށަހަޅާނަމަ އަނބިމިހާ ނުވަތަ ފިރިމީހާއަށް ދޫކުރާ ނަންބަރަށް ދެމަފިރިންގެ ފޯމު ބަލައިގަނެވޭނެއެވެ.
26 ޛުލްޤަޢިދާ 1435
21 ސެޕްޓެންބަރު 2014