ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-U01/468/2022/153
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 19 ޖޫން 2022 10:30
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސޯލަރ ސްޓްރީޓް ލައިޓް އަދި ކޭބަލް އާއި ގުޅޭ

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސޯލަރ ސްޓްރީޓް ލައިޓް އަދި ކޭބަލް އާއި ގުޅޭ 

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

  1. ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ބޭނުންވާ ސޯލަރ ސްޓްރީޓް ލައިޓް އަދި ކޭބަލް  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް

-          57  ސޯލާރ ސްޓްރީޓް ލައިޓް 300W

-          4635 މީޓަރުގެ ވާރނިންގް ޓޭޕް

-           1500މީޓަރ  6sqmm ކޭބަލް (2 ކޯރ)

3. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 07 ޖޫން 2022 އިން 15 ޖޫން 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

 4. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  ގެޒެޓުގައި އިޢުލާން ކުރެވިފައިވާނެއެވެ.

 5. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބ16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 6. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 19 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

 

         07 ޛުލްޤައިދާ 1443

         07 ޖޫން  2022

07 ޖޫން 2022