ދިވެހިރާއްޖެ
ޕެސްޓް ކޮންޓްރޯލް އަދި ސްކޫލް ވަށައިގެން ހުރި އޮނުތަށް ނައްޓާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ސްކޫލްގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭ އަދި ސްކޫލް ވަށައިގެން ހުރި އޮނުތަށް ނައްޓާލަދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
ސްކޫލްގެ ޕެސްޓް ކޮންޓްރޯލް ކުރަންޖެހޭ ސަރަހައްދު ބެލުމަށް ބޭނުންފުޅުނަމަ 15 ޖޫން ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ސްކޫލަށް ދުރުވުމުން އެފުރުސަތު ލިބިލައްވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖޫން 15 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅަންވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތަށް ސްކޫލަށް ދުރުވެ ހޯއްދެވުންއެދެމެވެ.
- ފޯން: 7602085
- އީ-މެއިލް: [email protected]