ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2014/128
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:59
ސުންގަޑި: 29 ސެޕްޓެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް 3

އޮފިސަރ ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ:  -/4,465 ރ ، ސަރވިސް އެލަވަންސް: -/1,500 ރ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / އެގްޒެކްޓިވް ސެކްރެޓޭރިޔަޓް ޔުނިޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރުގެ ނާއިބު ކުރައްވާ ރަސްމީ ދަތުރުފުޅުތައް ރާވައި ބެލެހެއްޓުން.
  2. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރުގެ ނާއިބުގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލް ކުރުމާއި، ހަމަޖެއްސުމާއި އެޕޮއިންޓްމަންޓްތަކުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ އެ އެޕޮއިންޓްމަންޓްތަކާ ގުޅޭގޮތުން ފޮލޯއަޕް ހަދަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަމާގުޅޭ މުވައްޒަފުންނާ ގުޅިގެން އެކަންކަން ތަންފީޛު ވަމުންދާގޮތް ބަލަހައްޓައި އެކަންކަމުގެ މަޢުލޫމާތު ހަފްތާއަކު 1 ފަހަރު ކަމާބެހޭ ސިޔާސީ ބޭފުޅަކަށް އެރުވުން.
  3. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރުގެ ނާއިބުގެ ސެކްރެޓޭރިއަޓްގެ މަސައްކަތްތަކާއި، އަދި އެގްޒެކެޓިވް ސަރވިސް ޔުނިޓާ ގުޅުންހުރި އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
  4. މިނިސްޓްރީން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގެ ތެރެއިން މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރުގެ ނާއިބު ބައިވެރިވެވަޑައިގަންނަވާ އެކިއެކި އިވެންޓްތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ މީޑިއާއަށް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަމަޖެއްސުން.
  5. ރާއްޖޭން ބޭރުގެ ޑެލިގޭޓުންނާއެކު މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރުގެ ނާއިބު ބާއްވަވާ ބައްދަލުވުންތަކާއި އަދި އެހެނިހެން މީޓިންގތައް ހަމަޖެއްސުން.
  6. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރގެ ނާއިބުގެ ދަޢުވަތަށް ރާއްޖޭން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
  7. ރާއްޖޭން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންނަށް މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި މިނިސްޓަރުގެ ނާއިބު ދެއްވާ ރަސްމީ ފަރިއްކޮޅުތައް ހަމަޖެއްސުން.
  8. ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުމާއި އެކަންތައްތަކުގެ ރެކޯޑު ބެލެހެއްޓުން.
  9. ޔުނިޓަށް އަންނަ ފޯނު ކޯލްތަކަށް ޖަވާބު ދާރީވުމާއި ވަގުތުން ވަގުތަށް ކަމާބެހޭ ބޭފުޅުންނަށް މަޢުލޫމާތު އެރުވުން.
  10. ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  11. މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.
  12.  އެކިއެކި ރިޕޯޓްތައް ތައްޔާރު ކުރުމުގައި މިނިސްޓަރަށް އެހީތެރިވެދިނުން.
  13. ޔުނިޓުގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވަކި ގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 2018330, 3018329، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މިނިސްޓަރ/ ޕަރމަނަންޓް ސެކްރެޓަރީ ޔުނިޓް ފަދަ ތަނެއްގައި ސެކްރެޓަރީ ކަމުގެ ވަޒީފާ އަދާކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  2. މައިކްރޯ ސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  3. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  4. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ޤާނޫނަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. )
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  •  ސުންގަޑި: 29 ސެޕްޓެންބަރު 2014 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް.
  • އިންޓަރވިއު، ޕްރެކްޓިކަލާއި އިމްތިޙާނު ކުރުން 30 ސެޕްޓެންބަރު 2014 އާއި 30 އޮކްޓޫބަރު 2014 އާ ދެމެދުގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014