ބީލަން
ނަންބަރު: (IUL)GZS/2022/51
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 15 ޖޫން 2022 13:30
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގަދޭނެ ފަރާތެއް ހޯދުން

ސްކޫލް ކެންޓީން ހިންގަދޭނެ ފަރާތެއް ހޯދުން

 

 

-         މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

-         ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް.

-         ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

-         ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

-         އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

-         ކެންޓީން ބަލާލަން ބޭނުންފުޅުނަމަ 15 ޖޫން ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ސްކޫލަށް ދުރުވުމުން އެފުރުސަތު ލިބިލައްވާނެއެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 07 ޖޫން 2022 އިން 15 ޖޫން 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބީލަމަށް އަގު ހުށަހެޅުއްވުމަށް، މި ސްކޫލުން ދޫކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 16 ޖޫން 2022 (ބުރާސްފަތި) ދުވަހުގެ މެންދުރުކުރި 10:00 އަށް، މި ސްކޫލަށް ޙާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާބެހޭ މައުލޫމާތު ކަރުދާހާއި، އަގު ހުށަހަޅާ ފޯމު، މި އިޢުލާނާއެކުގައި އެވަނީއެވެ.

އީމެއިލް [email protected]

ފޯން ނަންބަރ: 7602085

07 ޖޫން 2022