ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/230/2022/1
ޕަބްލިޝްކުރި ތާރީޚް: 07 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 12:03
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލު ދިނުމާބެހޭ

ރުއްގަހުގެ ބަދަލު ދިނުމާބެހޭ

ރަށުގެ މަގުމަގަށް އަރާ ރައްޔިތުންގެ ރުއްގަހާއި، ކައުންސިލްގެ ބޭނުމަށް ނަގާ ގޯތިގޯތީގައި ހުންނަ ރައްޔިތުންގެ ރުއްގަހުގެ ވެރިން ބަޔާންދިނުމަށާއި ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލަށް ދުރުވުމަކީ ރުއްގަހުގެ ވެރިފަރާތުގެ ޒިންމައެއްކަމުގައި މިއިދާރާގެ 04 ވަނަ ދައުރުގެ 56 ވަނަ ޖަލްސާއިންވަނީ ނިންމާފައެވެ.

ވީމާ ކައުންސިލުން ނައްތާލަން ބޭނުންވާ ރުއްގަހުގެ ސަރަހައްދު ފާހަގަކުރުމުން މަގުމަގަށް އަރާ ރައްޔިތުންގެ ރުއްގަހާއި، ކައުންސިލް ބޭނުމަށް ނަގާ ގޯތިގޯތީގައި ހުންނަ ރައްޔިތުންގެ ރުއްގަހުގެ ވެރިން ބަޔާންދިނުމަށާއި ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް މި އިދާރާއަށް ދުރުވުމަކީ ރުއްގަހުގެ ވެރިފަރާތުގެ ޒިންމާއެއްކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.    

މިހެންވެމިކަން ޢާއްމުކޮށް އެންގީމެވެ.

07 ޖޫން 2022