ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރީނުތަކެއް 2022 ޖޫން 16 އަދި 23 ވަނަ ދުވަހުގެ 06:00 އިން 18:30 އަށް ކ.ހުޅުމާލޭގެ އިރުމަތިން 07 ނޯޓިކަލް މޭލު ބޭރުގައި ކަނޑުމަތީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިމިނިސްޓްރީއަށް އަންގަވާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- 1.ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : މެޝިން ގަން
2- 2.ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 5000 މީޓަރު
3- 3.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 100 މީޓަރު
4- 4.ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
5- 5.ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ހުޅުމާލޭގެ 07 މޭލު ބޭރުގައި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.