ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)22-D/22/2014/72
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 28 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

މަޤާމު:                         ސީނިއަރ ސްކޫލް ހެލްތު އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެމް.އެސް 2

   ކްލެސިފިކޭޝަން :              ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

   މުސާރަ :                   -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:              މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                     ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :    ހެލްތު ޕްރޮމޯޝަން އަދި ނިއުޓްރިޝަން ޔުނިޓް، އެޑިޔުކޭޝަނަލް ސުޕަވިޜަން އެންޑް ކޮލިޓީ އިމްޕްރޫވްމަންޓް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

  1. ސްކޫލްތަކުގެ ދަރިވަރުންގެ މެޑިކަލް ސްކްރީނިންގ ހެދުމަށާއި ދަރިވަރުންނަށް އެޑޮލަސަންޓް ހެލްތާ ގުޅުންހުރި މައުލޫމާތު މިމިނިސްޓްރީން ކަނޑައަޅާ ސިޔާސަތުތަކާއެއްގޮތަށް ސްކޫލްތަކުގައި ތަންފީޒްކުރުމަށް ބޭނުންވާ މަސައްކަތް ރާވައި ހިންގުން.
  2. މިމިނިސްޓްރީން ރާއްޖޭގެ ސްކޫލްތަށް ހެލްތު ޕްރޮމޯޓިންގ ސްކޫލަށް ހެދުމަށް ކުރާ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ، ސްކޫލްތަކުގައި ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ ތަންފީޒްކުރުމަށް ބޭނުންވާ އެޑްވޮކަސީ ޕްރޮގުރާމްތައް ރާވައި ހިންގުމާއި މިޕޮލިސީ ތަންފީޒްކުރުމުގެ އަމަލީ މަސައްކަތް ކުރުން
  3. ދަރިވަރުންނާއި ސްކޫލް މުވައްޒަފުންގެ ރައްކާތެރިކަމަށް މިމިނިސްޓްރީން ސްކޫލްތަކަށް ތައާރަފް ކުރަންފަށާފައިވާ ބީ ސޭފް ޕްރޮގުރާމް ސްކޫލް ތަކުގައި ހިންގުމަށް ސްކޫލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، މިޕްރޮގުރާމް ސްކޫލްގައި ހިންގުމަށް ސްކޫލްގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ރާވާހިންގުން
  4. ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ އެޑޮލެސެންޓް ހެލްތު ހެލްތު ޕްރޮގުރާމް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށް ބޭނުންވާ ފަންނީ ދިރާސާ ކުރުމަށް ބޭނުންވާ ދާއިރާތަށް ކަނޑައަޅައި، ޑަބުލިޔު.އެޗް.އޯގެ އެހީތެރިކަން  ބޭނުންވާ ދާއިރާތަކަށް އެހީތެރިކަން ހޯދުމަށް ބޭނުންވާ ޕްރޮޕޯސަލްތައް ތައްޔާރުކޮށް ޑިވިޝަނުގެ ވެރިންނަށް ހުށަހެޅުން
  5. ސްކޫލް، މަދުރަސާތަކުގެ "މެޑިކަލް ސްކްރީނިންގ، އެޑޮލެސަންޓް ހެލްތު އަދި ޗައިލްޑް ޕްރޮޓެކްޝަން" ގެ ހާލަތު އެނގޭނެ ރިޕޯޓް ތައްޔާރުކުރުން.
  6. ޑިވިޝަނުން ސްކޫލްތަކަށް ކުރާ ދަތުރު ތަކުގައި ބައިވެރިވެ ސްކޫލްތަކުގައި " މެޑިކަލް ސްކްރީނިންގ، އެޑޮލެސަންޓް ހެލްތު އަދި ޗައިލްޑް ޕްރޮޓެކްޝަން"ގެ ހަރަކާތްތައް ކުރިއަށްދާގޮތް ސުޕަވައިޒުކޮށް ޑިވިޝަނުން ހިންގާ ރަސްމީ ޕްރޮގުރާމްތަކުގައި އެހީތެރިވެދިނުން.

ޝަރުތު:                     

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެމަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެމަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް 

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 29 ސެޕްޓެންބަރު – 9 އޮކްޓޫބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް  www.moe.gov.mvއިން ލިބިވަޑައިނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ސެޕްޓެންބަރު 28 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ. 

18 ސެޕްޓެންބަރު 2014