ދިވެހިރާއްޖެ
އިޢުލާން
2022-2023 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް 1 ށް ދަރިވަރުން ވެއްދުމާބެހޭ
2023/2022 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް1 ށް ކުދިންވެއްދުމަށް ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ވަންނަން އެދޭ ދަރިވަރުންނަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ، 7 ޖޫން 2022 ން ފެށިގެން 16 ޖޫން 2022 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 13:00 އަށް ސްކޫލް އޮފީހުގައެވެ.
އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ އުޞޫލާއި އެއްގޮތަށެވެ.
އެލް.ކޭ.ޖީ |
- 2022 ވަނަ އަހަރުގެ ޖުލައި 31 ށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ޔޫ.ކޭ.ޖީ |
- އެލް.ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 ށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން |
ގްރޭޑް 1 |
- 2 އަހަރު ޕްރީ ސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 ށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ، މަތީގައި ދެންނެވިފައިވާ ޢުމުރުފުރާތަކަށް ފެތޭ ކުދިންގެ ތެރެއިން 2022-2023 ވަނަ އަހަރު މިސްކޫލުގެ LKG ، UKG އަދި ގްރޭޑް1 ށް ވައްދަން ބޭނުންވާ ދަރިވަރުންގެ އެޑްމިޝަން ފޯމް ފުރިހަމަ ކުރައްވާ، 2022 ޖޫން 16 ވަނަ ދުވަހުގެ 13:00 ގެކުރިން ސްކޫލުގެއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
7 ޛުލްޤައިދާ 1443
7 ޖޫން 2022