ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-ADM/1/2022/12
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 22:31
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އާންމުންނަށް ހުޅުވާލެވުނު 100 ކޯޓާއަށް ގުރުއަތުން ހޮވުނުފަރާތްތަކުގެ ލިސްޓް އާންމުކުރުން

1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކުންފުންޏާއި ހަވާލުކޮށްފައިވާ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުމުން ހޮވުނު ފަރާތްތަކުގެ ލިސްޓް އާންމުކޮށް އިއުލާންކުރަމެވެ.

ގުރުއަތުން ހޮވިފައިވާ 100 ފަރާތުން،އާންމުންނަށް ހާއްސަކޮށްފައިވާ 100 ކޯޓާއަށް ހޮވޭ ފަރާތްތައް ޙައްޖަށް ގެންދިއުމަށް ކަނޑައަޅާފައިވާ އަގު ކަމުގައިވާ 76,960.00 ރުފިޔާ، 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކުންފުންޏަށް ދައްކާ ހަލާސްކޮށްދެއްވުން އެދެމެވެ.

ގުރުއަތުން ހޮވިފައިވާ 100 ފަރާތުގެ ތެރެއިން ފަރާތެއް، އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ވެއިންޓިންގ ކިއޫގެ ގޮތުގައި ގުރުއަތުން ހޮވިފައިވާ ތަރުތީބުން ޖާގަ ދެވިގެންދާނެއެވެ.

06 ޖޫން 2022