ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހުޅުމާލޭ އިންޑޯ ސްޕޯޓްސް ކޮޕްލެކްސް އިމާރާތުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯ ޝެއާޑް ކިޗެންއާގުޅޭ ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 19 މޭ 2022 ގައި ކޮށްފައިވާ ނަންބަރު (IUL)-BCC/PRC/2022/25 ފުރަތަމަ އިޢުލާނާ ގުޅިގެން ލިބުނު އަންދާސީ ހިސާބުތައް އިވެލުއޭޝަން މިންގަނޑުތަކަށް ނުފެތޭތީ ދެންނެވުނު އިޢުލާނު ބާތިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
- ކޯޝެއާޑް ކިޗަންގެ ކަރަންޓު ބޭނުންވާނެގޮތުގެ ސާވޭކޮށް ކަރަންޓުގެ ލޯޑު ކަލްކިއުލޭޓްކުރުމާއި ލައިޓިންގ އަދި ކަރަންޓު ޑިސްޓްރިބިއުޝަން ސިސްޓަމް ފަރުމާކޮށްދިނުން.
- ކޯޝެއާޑް ކިޗަންގެ ވެންޓިލޭޝަން، ކޫލިންގ، ގޭސް ބޭންކް، ފަޔަރ ޑިޓެކްޝަން އެންޑް ސަޕްރެޝަން ސިސްޓަމް ގާއިމުކުރުމުގެ ކުރީން ކުރަންޖެހޭ ދިރާސާކޮށް، މި ސިސްޓަމްތައް ޑިޒައިންކޮށް، އޭގެ ކުރެހުން ތައްޔާރުކުރުމާއި، ސިސްޓަމްތައް ހޯދުމަށް ބޭނުންވާ ބިލްސް އޮފް ކުއަންޓިޓީސް އަދި ޓާމްސް އޮފް ރެފަރެންސް ތައްޔާރުކޮށްދިނުން.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
އަންދާސީހިސާބު ހުށަހެޅުން |
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ) |
ބުރާސްފަތި |
16 ޖޫން 2022 |
10:00 |
ހ. މި މަސައްކަތާ ގުޅޭ އެންމެހާ މައުލޫމާތު މި އިޢުލާނާއި އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނައިފައިވާނެއެވެ. އަންދާސީ ހިސާބުތައް ތައްޔާރު ކުރައްވަން ވާނީ މި މަޢުލޫމާތު ކަރުދާހުގައި ވާ ކަންތައްތަކަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް އިވެލުއޭޝަންގައި ބާތިލުކުރެވޭނެއެވެ.
ށ. ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ލިބޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
ނ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ.
ރ. މި ބީލަމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ 1 (އެކެއް) އަންދާސީހިސާބެވެ.
ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ
ފޯނު: 3305555، 3330587
އީމެއިލް: [email protected]
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.