ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)101-HR/1/2022/135
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 06 ޖުލައި 2022 10:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޖޮބް ސެންޓަރަށް އައި.ސީ.ޓީ އިކުއިޕްމަންޓްސް ހޯދުން

އިޢުލާން

 

ނަން: ޖޮބް ސެންޓަރަށް އައި.ސީ.ޓީ އިކުއިޕްމަންޓްސް ހޯދުން

އާރު.އެފް.ބީ ނަންބަރު: MV-MOED-290859-GO-RFB

ޕްރޮޖެކްޓް: މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް

Grant No: IDA-D4800

 

  1. ވޯލްޑް ބޭންކުގެ އެހީގައި މިމިނިސްޓްރީން ހިންގާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް" ޕްރޮޖެކްޓްގެ ދަށުން، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރިކުއެސްޓް ފޯރ ބިޑް (އާރު.އެފް.ބީ) ގައި ބަޔާންކުރާ  އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުމަށް ބޭނުންވެއެވެ.
  2. މަތީގައި ދެންނެވިފައިވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރިކުއެސްޓް ފޯރ ބިޑް (އާރު.އެފް.ބީ)  އާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 
  3. މި ތަކެތި ފޯރުކޮށްދިނުމަށް ޝަރުތު ފުރިހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ރިކުއެސްޓް ފޯރ ބިޑް (އާރު.އެފް.ބީ) އުޞޫލުގެ މަތިން ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް އެފަރާތުން 2020 ނޮވެމްބަރުގައި ޝާޢިއު ކުރެވިފައިވާ ޕްރޮކިޔުމަން ރެގިއުލޭޝަންގެ 4 ވަނަ އެޑިޝަން އާއި އެއްގޮތަށެވެ.
  4. ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0830 އިން 1600 އަށް ލިބިވަޑައިގަންނަވާނެވެ.
  5. މިކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޯރ ބިޑް (އާރު.އެފް.ބީ)  މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރ އަލްފާޟިލް ޠާސީން ޙިލްމީ އަށް އެޑްރެސްކޮށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
  6. ކޮންޓްރެކްޓުގައި ސޮއި ކުރާތާ އެންމެ ލަސްވެގެން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަކެތި ސަޕްލައި ކުރަންވާނެއެވެ.
  7. ބިޑިންގ ޑޮކިއުމަންޓާއި، އެއާއި ގުޅުންހުރި އެހެނިހެން ލިޔުންތައް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ. ބިޑާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަލާ ޗެކު ކުރުމަކީ ބިޑަށް ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމުގައި ދަންނަވަމެވެ.
  8. ބީލަންހުޅުވުން އޮންނާނީ  6 ޖުލައި 2022  ވާ ބުދަ ދުވަހުގެ 10:00 ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކޮންފަރެންސް ހޯލުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަންވާނެއެވެ.
  9. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި ތިރީގައިވާ ގޮތުގެމަތިން ފައިސާ ހުށަހަޅަންޖެހޭނެއެވެ.

-          ލޮޓް 1: ކޮމްޕިއުޓަރ ސިސްޓަމް ވިތް ޖެނުއިން ވިންޑޯސް 10 ޕްރޯ އޯއެސް، ލެޕްޓޮޕް އަދި އެކްސެސަރީޒް، މަލްޓިފަންކްޝަން ޕްރިންޓަރ: MVR 2,460.00

-          ލޮޓް 2: ނެޓްވޯކް ސްވިޗް، ފަޔަރވޯލް، ޔޫ.ޕީ.އެސް، 12ޔޫ އިކުއިޕްމަންޓް ރެކް، އެކްސެސް ޕޮއިންޓް: 1,552.00 MVR

-          ލޮޓް 3: އެކްސެސް ކޮންޓްރޯލް، އެޓެންޑެންސް، ސީ.ސީ.ޓީ.ވީ ކެމެރާ ސިސްޓަމް: MVR 265.00

-          ލޮޓް 4: ވީޑިއޯ ކޮންފަރެންސް ސިސްޓަމް، މީޓިންގރޫމް ޝެޑިއުލިން ޕެނަލް، ސްމާޓް ޓީވީ (75”):  1,200.00 MVR

-          ލޮޓް 5: ޑެސްކް ފޯނު: MVR150.00

-          ލޮޓް 6: ސްމާޓް ފޯނު، ޓެބްލެޓް: MVR 570.00

 10. އިތުރު މައުލޫމާތު އަދި ބިޑު ހުށަހަޅަންވީ އެޑްރެސް ތިރީގައި އެވަނީއެވެ. 

 ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ވެލާނާގެ 11ވަނަ ފަންގިފިލާ

އަމީރު އަހުމަދު މަގު 

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3323668

އީމެއިލް: [email protected]

06 ޖޫން 2022