ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-YC/1/2014/253
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:38
ސުންގަޑި: 30 އޮކްޓޫބަރު 2014 15:00
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޮމަންވެލްތު ޔޫތު އެވޯޑްސް ފޯރ އެކްސެލަންސް އިން ޑިވެލޮޕްމަންޓް ވޯރކް 2015

ސުރުޚީގައި އެވާ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިއެވޯޑަކީ ކޮމަންވެލްތު ޔޫތު ޕްރޮގްރާމް (ސީ.ވައި.ޕީ) އިން ތަރައްޤީގެ އެކި މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން 2013 ވަނަ އަހަރު ދޭން ފަށާފައިވާ އެވޯޑެކެވެ. މި އެވޯޑް ދެވެނީ ޒުވާނުން ބާރުވެރިކޮށްގެން، މެމްބަރު ޤައުމުތަކުގެ ތަރައްޤީގެ ހަރުފަތުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންގެންދާ 15 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މިއެވޯޑަށް ހޮވޭ ފަރާތްތަކަށް އިނާމު ދެވެނީ ތިން ބަޔަކަށެވެ. މިގޮތުން، ސަރަޙައްދީ 16 ފައިނަލިސްޓުންނަށް 1,000£ (އެއްހާސް ޕައުންޑް) ، އަދި ސަރަޙައްދީގޮތުން އެންމެމޮޅު 4 ފަރާތްތަކަށް 2,000£ (ދެހާސް ޕައުންޑް) ދެވޭނެއެވެ. މީގެ އިތުރުން، ޕޭން-ކޮމަންވެލްތު އެވޯޑް ކާމިޔާބު ކުރާ ފަރާތަށް 5,000£ (ފަސްހާސް ޕައުންޑް) ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މިއެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއެވޯޑަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ ވެބްލިންކް، www.yourcommonwealth.org/cya2015 އަށް ވަޑައިގެން ފޯމު ފުރުއްވުމަށްފަހު މި މިނިސްޓްރީގެ އީމެއިލް [email protected] އަށް ނަން ހުށަހެޅިކަން އަންގަވައިދެއްވުން އެދެމެވެ. ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 30 އޮކްޓޫބަރު 2014 އެވެ. މި އެވޯޑާ ބެހޭ އިތުރު މަޢުލޫމާތު، މިއެވޯޑަށް ޚާއްޞަ ކުރެވިފައިވާ ވެބްލިންކް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ވެބްސައިޓް، www.youth.gov.mv އަދި ޒުވާނުންގެ މަރުކަޒުގެ ނަންބަރު 3323860 އަދި 3332069 އިން ލިބިވަޑައިގަންނަވާނެއެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014