މަސައްކަތް
ނަންބަރު: (IUL)221-ASS/221/2021/46
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 13 ޖޫން 2022 14:00
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފަސްވަނަ ފަންގިފިލާ ރިނޮވޭޓްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

  މި އޮތޯރިޓީން ދޭ މައުލޫމާތާއި އެއްގޮތަށް މި އޮތޯރިޓީގެ ފަސްވަނަ ފަންގިފިލާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް މައުލޫމާތުޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ.

 މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޖޫން 07 ވާ ބުދަ ދުވަހުން ފެށިގެން 2022 ޖޫން 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް މި އޮތޯރިޓީއަށް ހާޟިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓު ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

 މި ބިޑާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 15 ޖޫން 2022 ވާ ބުދަ ދުވަހުގެ 14:30 ގައި މި އޮތޯރިޓީގައެވެ.

 ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

          

                             07   ޒުލްގައިދާ    1443   

 

06 ޖޫން 2022