ދިވެހިރާއްޖެ
މި އިދާރާއަށް އައިޓީ އިކުއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)240-CA/240/2022/31 (28 މެއި 2022) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ، އެ ތަކެތި ހޯދުމަށް އަލުން އިއުލާން ކުރީމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓްރީކުރުމަށްފަހު، އެޓޭޗްކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ ސްޕެސިފިކޭޝަނާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ހުށަހެޅުމުގައި ލޮޓްތަކަށް ވަކިވަކިން އަގު ހުށައެޅިދާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓަކަށް ވަކިވަކިން ބިޑް ހުށަހަޅާ ފޯމްއިންނެވެ. ހުށަހަޅާ ބިޑްގައި މި ތަފްސީލްތައް ވަކިން އެނގެން އޮންނަންވާނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތް/ތައް ކަނޑައަޅާނީ ކޮންމެ ލޮޓަކަށްވެސް ވަކިވަކިން މާކްސްދީގެން، އެންމެގިނަ މާކްސް ލިބޭ ފަރާތް ނުވަތަ ފަރާތްތަކަށް އެއައިޓަމެއްގެ ބީލަން ކާމިޔާބުވާގޮތަށެވެ.
1 |
ރަޖިސްޓްރީވުން |
16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
2 |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް |
19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅުކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. |
3 |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް |
ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ. |