މުބާރާތް
ނަންބަރު: (IUL)330-B/330/2022/47
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 09 ޖޫން 2022 11:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު- ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2022

މިހިނގާ ޖޫން މަހުގެ ފަހުކޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން ހޭންޑްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ، މުބާރާތް ހިންގުމަށް ކޮންޓްރެކްޓް އުޞޫލުން އެހެން ފަރާތަކާ ޙަވާލުކޮށްގެންކަމަށްވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

         ވީމާ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން، 2022 ވަނަ އަހަރު ކާށިދޫ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް އުޞޫލުން އެހެން ފަރާތަކާ ޙަވާލުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ކޯޓޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ކޯޓޭޝަންއާއެކު ތަފްޞީލީ ޕްރޮޕޯސަލެއް ހުށަހަޅަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުމަށް އެހެންފަރާތަކާ ޙަވާލުކުރުމުގެ އުޞޫލު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތް ހިންގައިދިނުމަށް އެދި ހުށަހެޅޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.

      ވީމާ ކައުންސިލުން ބާއްވާ ހޭންޑްބޯޅަ މުބާރާތް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

06 ޖޫން 2022