ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2022/28
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 08 ޖޫން 2022 00:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކުޅޭ ކަނބަލުންނާ ބައްދަލުކުރުން

މިއަހަރު މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަތޮޅު ފެންވަރުގައި ބޭއްވުމަށް ކަނޑަ އަޅާފައިވަނީ އަންހެން ބޭފުޅުންނަށް ވޮލީ ބޯޅަ މުބާރާތެވެ. އެހެންކަމުން މިރަށު ވޮލީ ކުޅުންތެރިންނާއި ވޮލީބޯޅައަށް ލޯބިކުރާ އެންމެހައި ކަނބަލުންނާއިއެކު މިކައުންސިލްއިން ބައްދަލުކޮށް މަޝްވަރާ ކުރަންބޭނުންވެއެވެ.

            ވީމާ، މިބައްދަލުވުމަށް މިރަށު އަންހެން ވޮލީ ކުޅުންތެރިންނާއި ވޮލީބޯޅައަށް ލޯބިކުރާ އެންމެހައި ފަރާތްތަކުން 08 ޖޫން 2022ވާ ބުދަ ދުވަހު 14:00އަށް ކައުންސިލްގެ މީޓިން ރޫމް (ކުރަހާގެ)އަށް ވަޑައިގެންދެއްވުންއެދި ދައުވަތު އަރުވަމެވެ.

06 ޖޫން 2022