މަސައްކަތް
ނަންބަރު: (IUL)257/257/2022/58
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 20 ޖޫން 2022 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު ކުޑަކުދިންގެ ޕާރކް ބިމުގެ ވަށާފާރު ރާނައިދެނޭ ފަރާތެއް ހޯދުން . (2 ވަނަ އިޢުލާން)

 

              ހއ.ބާރަށުގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކް ބިމުގެ ވަށާފާރުރޭނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

               ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމާއި ގުޅޭ މަޢުލޫމާތުކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

               ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުވައިގެން ނުވަތަ އިދާރާއަށް ދުރުވެ ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރުމަށް ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭނެ މަޢުލޫމާތު:

  1. އިޢުލާން ނަމްބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  2. ބީލަން ހުށަހަޅާ ފަރާތުގެ/ކުންފުނީގެ/ވިޔަފާރީގެ ނަމާއި ރަޖިސްޓްރޭޝަން ނަމްބަރު/އައިޑީކާޑު ނަމްބަރު:
  3. ގުޅޭނެ ފޯނު ނަމްބަރު:
  4. އީމެއިލް އެޑްރެސް: (ބީލަން ފޮތް ފޮނުވާނެ އީމެއިލް)
  5. އީމެއިލް ފޮނުވާ ފަރާތުގެ ނަމާއި މަޤާމު:

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރުން.

12 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

ޕްރި-ބިޑް ބައްދަލުވުން.

13 ޖޫން 2022 ވަނަ ދުވަހުގެ 11:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.

ބީލަން ބަލައިގަތުމާއި ހުޅުވުން.

20 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގައި ހއ.ބާރަށު ކައުންސިލް އިދާރާގައި.

               ޕްރި-ބިޑް ބައްދަލުވުމުގައި ބައިވެރިވުމަށާއި، ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6500016،6500172 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި މަސައްކަތް ކުރުމަށްޓަކައި މި އިދާރާއިން ނެރުނު ނަމްބަރު 257/257/2022/41(IUL) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.          

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.                          

               06 ޛުލްޤައިދާ 1443         

               06  ޖޫން 2022

06 ޖޫން 2022