ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MHCL-ADM/1/2022/11
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:15
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އާންމުންނަށް ހުޅުވާލެވުނު 100 ކޯޓާއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓު އިސްލާހުކޮށް އަލުން އާންމުކުރުން

1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިންއާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކުންފުންޏާއި ހަވާލުކޮށްފައިވާ 100 ކޯޓާ އަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އިސްލާހު ކުރުމަށްފަހު އަލުން އިއުލާންކުރަމެވެ.

މި 100 ކޯޓާގެ ދަށުން ޙައްޖަށް ދިއުމަށް ހޮވޭ ފަރާތްތައް ކަނޑައެޅުމަށް ބޭއްވޭ ގުރުއަތުލުން 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 16:00 ގައި ޕީ.އެސް.އެމް ނިއުސް އިން ލައިވްކުރާނެ ވާހަކަ ދަންނަވަމެވެ.

06 ޖޫން 2022