މަސައްކަތް
ނަންބަރު: (IUL)450-CA/450/2022/26
ޕަބްލިޝްކުރި ތާރީޚް: 06 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 15 ޖޫން 2022 11:00
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމުގެ 'ސްޓޭންޑަރޑް އޮޕެރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ)' އެކުލަވާލުމުގެ ކޮންސަލްޓާންސީއަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

އިޢުލާން

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް ހިންގުމުގެ 'ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސް.އޯ.ޕީ)' އެކުލަވާލުމުގެ ކޮންސަލްޓަންސީއަށް ހުޅުވާލައި މި އޮތޯރިޓީގެ ފަރާތުން 23 މޭ 2022 ވަނަ ދުވަހު ކުރި ނަންބަރު IUL)450-CA/450/2022/23) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތައް، މި އިޢުލާނާއި އެއްކޮށް ޝާޢިއުކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، 15 ޖޫން 2022 ވަނަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ހާޒިރުވެވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

06 ޖޫން 2022