ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460/460/2014/1004
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 23 ސެޕްޓެންބަރު 2014 13:30
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

މަޤާމު:

އެސިސްޓަންޓް އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 4

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާރޓްމަންޓް

ފައިނޭންސް އެންޑް ބަޖެޓިންގ

ފެންވަރު ނުވަތަ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުގައި އެކައުންޓްސް އާއެކު މުޅިއެކު ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، އަދި؛
  4. މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ ކަރަންޓާއި ފެނާއި ފޯނާއި ފެކްހާއި އިންޓަރނެޓް ފަދަ ބިލްތަކަށް ފައިސާ ދައްކަންޖެހޭ މުއްދަތުގައި ފައިސާ ދެއްކުން.
  2. ބިލްތަކަށް ފައިސާ ދެއްކުމަށް ހަދަންޖެހޭ ވައުޗަރުތައް ހަދައި އެއާގުޅޭ ޑޮކިއުމެންޓް ސެޕްގައި އެޓޭޗްކޮށް އެޑޮކިއުމެންޓުތައް ފައިލްކޮށް ބެލެހެއްޓުމާއި ވައުޗަރ ރަޖިސްޓަރީ އަޕްޑޭޓްކުރުން.
  3. އޮފީހުގެ އިންވެންޓްރީ ގަވާއިދުން ބަލަހައްޓައި އަޕްޑޭޓްކުރުމާއި އިންވެންޓްރީގައި ހިމެނޭ ކޮންމެ އެއްޗަކީވެސް ގަވާއިދުން ރިކޯޑު ކުރެވިގެން އެއްތަނުން އަނެއްތަނަށް ބަދަލުވާ ތަކެތިކަން ޔަޤީން ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  4. އޮފީހުގެ ބަޖެޓާއި ފައިސާއާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި ބަޖެޓް އޮފިސަރަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

- އެކައުންޓިންގ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

- ދިވެހިބަހުގެ ފެންވަރާއި އިނގިރޭސި ބަހުގެ ފެންވަރު

- ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

- މާލިއްޔަތު ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރަ އާއި އެލަވަންސް

އަސާސީ މުސާރަ: (މަހަކު) -/6000 ރުފިޔާ.

އެލަވަންސް: (މަހަކު) -/2000 ރުފިޔާ

އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކޮށްފައި)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހު 13:30 ގެ ކުރިން، ތިރީގައިވާ އެޑްރެހަށެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް /ގޯޑައުން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3010992/3010998/3010988 ނަންބަރު ފޯނާއެވެ.

      ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014