ދިވެހިރާއްޖެ
ސްކޫލަށް ކުދިން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރުމުގައި 2022-2023 ވަނަ އަހަރު އަމަލު ކުރާނެ އުސޫލުގެ ދަށުން، ހުވަދޫ ސްކޫލްގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިގްރޭޑްތަކަށް ދަރިވަރުން ވައްދަން ބޭނުންވާ ބެލެނިވެރިން 19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި އިއުލާނުގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/rs77HY4q6oAPMj9j6
* އެލް.ކޭ.ޖީ، ޔޫކޭޖީ، އަދި ގްރޭޑް 1 އަށް ވައްދާނީ ނުވަތަ އެއްސްކޫލުން އަނެއް ސްކޫލަށް ބަދަލު ކުރާނީ ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.
ގްރޭޑް |
2022-2023 ވަނަ އަހަރަށ ދަރިވަރުން ސްކޫލަށް ވެއްދުމާއި ގުޅޭ ވައްދާ އުމުރުފެރާ |
އެލް. ކޭ. ޖީ |
2022 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ޔޫ. ކޭ. ޖީ |
އެލް. ކޭ.ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން |
ގްރޭޑް 1 |
2 އަހަރުގެ ޕްރީސްކޫލް ޕްރޮގްރާމް ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރަމެވެ.