ވަޒީފާގެ ފުރުޞަތު
ނަންބަރު: GS28/2014/50
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 28 ސެޕްޓެންބަރު 2014 15:00
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު  

މި މަޤާމަށް މިމަދަރުސާއަށް މުވައްޒަފަކު ހޯދަން ބޭނުން ވެއްޖެ.

ވަޒީފާގެ ފުރުޞަޠު

މަޤާމް

ޤުރުއާން މުދައްރިސް ( ދާއިމީ )

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން:

ލ.އަތޮޅު މަދަރުސާ / ލ.މާބައިދޫ

ސެކްޝަން:

އެކަޑަމިކް ސެކްޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަގާމްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު  

-ކަނޑައެޅިފައިވާ ޓައިމްޓޭބަލާއި އެއްގޮތްވާ ގޮތުގެމަތިން ކިޔަވައި ދިނުން.

 

މަޤާމު

ރޭންކު

ކްލެފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރ

ސަރވިސް އެލަވަންސް

ޓްރެއިންޑް ޓީޗަރ

GS 4

ޓީޗިންގ ސަރވިސް އޮފިސަރ 1

- ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން

5020ރ

2500ރ

ޓުރެއިންޑް ޓީޗަރ

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

- ކިޔަވައިދިނުމުގެ ރޮގުން ޑިޕޮލޮމާއެއް ހާސިލް ކޮށްފައިވުން

5610ރ

2500ރ

ގުރެޖުއޭޓް ޓީޗަރ

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

-ކިޔަވައިދޭ މާއްދާއަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކުން ބެޗެލާސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވުން

6295ރ

2500ރ

ކޮލިފައިޑް ލީޑިންގ ޓީޗަރ

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

- ކިޔަވައިދިނުމުގެ ރޮނގުން ބެޗެލާސް ޑިގުރީއެއް ހާސިލްކޮށްފައިވުން ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކުން ބެލެލާސް ޑިގްރީއެއް އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕޮލޮމާއެއް ހާސިލް ކޮށްފައިވުން

-ޓީޗިންގ ސާވިސް އޮފިސަރ 3 ގެ މަޤާމުގައި ޝަރުތު ފުރިހަމަވެ، އެމަޤާމްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

7035ރ

2500ރ

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

-  ކިޔަވައިދޭ މާއްދާއަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ބެޗެލާސް ޑިގުރީއެއް އޮތުމާއިއެކު ތައުލީމީ ދާއިރާއިން އިތުރު ބެޗެލާސް ޑިގުރީއެއް ނުވަތަ ޕޯސްޓް ގުރެޖުއޭޓް ސެޓްފިކެޓެއް ނުވަތަ ޕޯސްޓް ގުރެޖުއޭޓް ޑިޕޮލޮމާއެއް ހާސިލްކޮށްފައިވުން ނުވަތަ

-ކިޔަވައިދޭ މާއްދާއަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކުން މާސްޓާސް ޑިގުރީއެއް (ބެޗެލާސް ޑިގުރީއެއް ނެތި) އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑުވާންސް ސެޓްފިކެޓް ނުވަތަ ޑިޕޮލޮމާއެއް ހާސިލްކޮށްފައިވުން. ނުވަތަ

-ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ މަޤާމްގެ ޝަރުތު ފުރިހަމަވެ،އެމަގާމްގައި މަދުވެގެން 3 އަހަރު އުޅެފައިވުން.

7875ރ

2500ރ

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

-  ކިޔަވައި ދިނުމުގެ ރޮނގުން ބެޗެލާރސް ޑިގުރީއެއް އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކުން މާސްޓާސް ޑިގުރީއެއް ހާސިލް ކޮށްފައިވުން. ނުވަތަ

-ކިޔަވައިދޭ މާއްދާއަށް ޙާއްސަކުރެވިފައިވާ ދާއިރާއަކުން ބެޗެލާސް ޑިގުރީއެއް އަދި ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވުމާއިއެކު،ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން މާސްޓާސް ޑިގުރީއެއް ހާސިލްކޮށްފައިވުން،ނުވަތަ

-ޓީޗިންގ ސަރވިސް އޮފިސަރ 5ގެ މަގާމްގެ ޝަރުތު ފުރިހަމަވެ،އެ މަޤާމްގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

8835ރ

2500ރ

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

- ކިޔަވައިދޭ  މާއްދާއަށް ޙާއްސަ ކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ޑޮކްޓޯރަލް ޑިގުރީ އާއި ކިޔަވައި ދިނުމުގެ ރޮނގުން އެޑުވާންސް ސެޓްފިކެޓު ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވުން. 

-ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ މަޤާމްގެ ޝަރުތު ފުރިހަމަވެ،އެ މަގާމްގައި މަދުވެގެން 3 އަހަރުއެޅެ ތަޖުރިބާ ލިބިފައިވުން.

9890ރ

2500ރ

ސީނިއަރ  ޓީޗަރ

 

 

 

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

- ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުތު ފުރިހަމަވެ،އެ މަގާމްގައި މަދުވެގެން އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން.

11065ރ

2500ރ

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

-  ޓީޗިންގ ސަރވިސްއޮފިސަރ 8 ގެ މަޤާމްގެ ޝަރުޠު ފުރިހަމަވެ، އެ މަޤާމްގައި މަދުވެގެން އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން.

12400ރ

2500ރ

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

-  ޓީޗިންގ ސަރވިސްއޮފިސަރ 9 ގެ މަޤާމްގެޝަރުތު ފުރިހަމަވެ،އެމަގާމްގައި މަދުވެގެން އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން.

13890ރ

2500ރ

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

- ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ މަޤާމްގެ ޝަރުތު ފުރިހަމވެ، އެ މަޤާމްގައި މަދުވެގެން އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން

15560ރ

2500ރ

1.ކޮންޓްރެކްގެ ވަޒީފާ ޝަރުތު:

 = މިމަގާމަށް ޤާރީކޯހުގެ ސެޓްފިކެޓް ލެވެލް 4 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

_ މިމަގާމަށް މަތީގައިވާ ޝަރުތު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ،ތިރީގައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

_ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލްކުރާ،ގާރީ ކޯހުގެ ސެޓްފިކެޓް 1،2 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

_ ގުރޭޑް 10 ނުވަތަ ގުރޭޑް 7 ނިންމާފައި ވުމާއިއެކު މާއްދާއާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި

  • ޤުރުއާން ކިޔެވުމުގެ ބައިނަލް އަޤްވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލްކޮށްފައިވުން. ނުވަތަ
  • ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގަދަ 10 ވަނައިގައި ހިމެނިފައިވުން.ނުވަތަ
  • ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތުގެ ގަދަ 5 ގައި ހިމެނިފައިވުން.

ކޮންޓްރެކްގެ ދަށުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް ދެވޭ މުސާރަ: މަހަކު 00 : 5020  ރުފިޔާ

02.ރިސޯސް ޓީޗަރުންގެ ޝަރުތު:

- މިމަޤާމަށް މަތީގައިވާ ޝަރުތު ފުރިހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ރިސޯސް ޓީޗަރެއްގެ ގޮތުން ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

_ތަޖުވީދުމަގަށް ޤުރުއާން ކިޔަވަން އެނގޭ ފަރާތެއްކަން ސުކޫލުން ކަނޑައަޅާ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށދިނުން.(ރިސޯސް ޓީޗަރުން ކިޔަވައި ދެއްވާނީ ސުކޫލްގެ ލީޑިންގ ޓީޗަރުގެ ޝުޕަވިސަންގެ ދަށުންނެވެ.

ރިސޯސް ޓީޗަރެއްގެ ގޮތުން ވަޒީފާ ހަމަޖައްސާ ފަރާތްތަކަށް ދެވޭނީ މާސްޓާރ ޓައިމްޓޭބަލްއާ އެއްގޮތަށް ކުލާސްރޫމުގައި ކިޔަވައިދޭ ކޮންމެ ޕީރިއަޑަކަށް -/60(ފަސްދޮޅަސް ރުފިޔާ) އެވެ. ޕީރިއަޑްގެ ދިގުމިނަކީ ޢާއްމު ގޮތެއްގައި 35 މިނެޓާއި 45 މިނެޓާ ދެމެދެވެ.

_ރިސޯސް ޓީޗަރެއްގެ ގޮތުން މިމަގާމަށް ހޮވޭ ފަރާތްތަކަށް މުސާރަ ދިނުމުގައި އަމަލު ކުރެވޭނީ "ރިސޯސްޓީޗަރުން ގެންގުޅުމާ ބެހޭ އުޝޫލް" ގެ ދަށުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

_ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން

_މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

_ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން

އިންޓަވިއު ކުރުން

  • ·         މިމަގާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ 30 ސެޕްޓެމްބަރ 2014 ވާ އަންގާރަ ދުވަހުގެރޭ 30 :20ގައި ލ.އަތޮޅު މަދަރުސާގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( ފޯމު www.csc.gov.mv ސިވިލްސާވިސްގެ ވެބުސައިޓުންނާއި، މިމަދަރުސާގެ އިދާރާއިން  ލިބެންހުންނާނެއެވެ.)
  • އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ތައްގަނޑުޖަހާފައިވާ އަސްލު.
  •  މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ސާފު ފޮޓޯކޮޕީ ( އެޓެސްޓެޑް ތައްގަނޑު ޖަހާފައިވާ އަސްލު )
  • ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ ( ސީވީ ) ފޯނުނަންބަރާއިއެކު
  • ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފެއްނަމަ '' މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ލިޔުން''.

  ތަކެތި ހުށައަޅަންޖެހޭ އޮފީސް

-           މި އިއުލާނުގައިވާ މަޤާމްތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  2014 ސެޕްޓެމްބަރ 28 ވާ އާދިއްތަ  ދުވަހުގެ މެންދުރުފަހު 2.30 ގެ ކުރިން ސްކޫލު އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

-          ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި  7980786 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

        22 ޒުލްގައިދާ 1435

 

 

 

 

 

17 ސެޕްޓެންބަރު 2014