ބީލަން
ނަންބަރު: (IUL)422/422/2022/51
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 21:17
ސުންގަޑި: 13 ޖޫން 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން 01 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، ކައުންސިލްގެ އިދާރާ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖޫން 2022 ވާ ބުދަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ ބިޑް ހުށަހަޅުއްވާ ދުވަހު ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖޫން 2022