މަސައްކަތް
ނަންބަރު: 116-F3/IL/2022/249
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 12 ޖޫން 2022 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ޝޯ ޕްރޮޓެކްޝަން" މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 "ޝޯ ޕްރޮޓެކްޝަން" މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

    މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގެ 'ނޯތް ވެސްޓް' ހާބަރުގައި، މި ކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް "ޝޯ ޕޮޓެކްޝަން" މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޖޫން 12 ވާ އާދިއްތަދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގެ HC01/HC02/HC03 ދާއިރާއިން 1 ނޫނީ 2 ވަނަ ދަރަޖައިގައި ގިންތި ކުރެވިފައިވާ ފަރާތަކަށްވާންވާނެއެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2022 ޖޫން 26 ވާ އާދިއްތަދުވަހުގެ މެންދުރު 2:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 26 ވާ އާދިއްތަދުވަހުގެ މެންދުރު 2:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

05 ޖޫން 2022