ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2022/40
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:36
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމުގެ ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރުމާބެހޭ

ކުނި އުކާލުމުގެ ޚިދުމަތަށް އެދި ރަޖިސްޓްރީ ކުރުމާބެހޭ

            ކިނބިދޫގެ ގޭބިސީތަކާއި،މުއައްސަސާތަކާއި، ފިހާރަތަކާއި، ސައިހޮޓާ ރެސްޓޯރަންޓް، ކިޔަވައިދޭ ތަންތަނާއި، ގެސްޓްހައުސް، ގާޑިޔާ އަދި އެހެނިހެން ތަންތަނުގައި އުފެދޭ ކުނި  އުކާލަން ބޭނުންވާ ފަރާތްތަކަށް، މިއިދާރާއިން ހަމަޖައްސާ

އުސޫލަކާ އެއްގޮތަށް ކުނި ނަގައިގެން ކުނި ގޮނޑަށް އުކާލުމުގެ ޚިދުމަތް މި ކައުންސިލުން ފެށުމަށް ހަމަޖެހިފައިވާތީ ޚިދުމަތަށް އެދޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮއްމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު ފަހު 13:00 ގެ ނިޔަލަށް މި އިދާރާއަށެވެ.

ވީމާ، ކުނި އުނިއުކާލުމުގެ ޚިދުމަތް ބޭނުންވެލައްވާ ފަރާތްތަކުންވެސް ކުނިރަޖިސްޓަރީ ކުރުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ރަޖިސްޓަރީ ކުރުމަށް އެދޭފޯމް މި  އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. 

05 ޛުލްހިއްޖާ 1443

05  ޖޫން 2022

05 ޖޫން 2022