ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A2-PR/1/2022/34
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 19 ޖޫން 2022 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލީގަލް އެއިޑް ކޮންސަލްޓަންސީގެ ފުރުޞަތު ހުޅުވާލުން

 

އިޢުލާން

 

ލީގަލް އެއިޑް ކޮންސަލްޓަންސީގެ ފުރުޞަތު ހުޅުވާލުން

 

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާނެ 2 (ދޭއް) ޤާނޫނީ ވަކީލުން ޢައްޔަނުކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބޭނުންވެއެވެ.

 

މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި އެވަނީއެވެ. އަދި މި "ޓަރމްސް އޮފް ރިފަރެންސް" އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓް (http://agoffice.gov.mv) އިން ލިބެން ހުންނާނެއެވެ.

 

ލީގަލް އެއިޑް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ލީގަލް އެއިޑް ކޮންސަލްޓަންސީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މި އިޢުލާނާއެކު ހިމަނާފައިވާ "ޓަރމްސް އޮފް ރިފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް 19 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

މިކަމާބެހޭ އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި އޮފީހުގެ ނަންބަރު 7911194 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

05 ޛުލްޤައިދާ 1443

05 ޖޫން 2022