މުބާރާތް
ނަންބަރު: (IUL)309-ESM/309/2022/56
ޕަބްލިޝްކުރި ތާރީޚް: 05 ޖޫން 2022
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 16 ޖޫން 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާރ 2022

އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާރ 2022

                  އިނގުރައިދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ދިރުވާ، އިޖުތިމާޢީ ރޫހާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމަށް، އަދި ފެންވަރު ރަނގަޅު ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމަށާއި، ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކައުންސިލުން އިންތިޒާމުކޮށް، އިނގުރައިދޫ ޓީމްތަކަށް ޙާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބޭވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން 1 ޖުލައި 2022 ވާ ހުކުރު ދުވަހު " އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާރ 2022" ގެ ނަމުގައި ފުޓްސަލް މުބާރާތެއް  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން " ކައުންސިލް ފުޓްސަލް ފިއެސްޓާ 2022 ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                 ފޯމް އިނގުރައިދޫ ކައުންސިލްގެ އިދާރާއިންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ 09:00-13:00 އަށް މި ކައުންސިލް އިދާރާއިންނެވެ. އީމެއިލް މެދުވެރިކޮށް ފޯމް ފޮނުވާނަމަ  [email protected]އަށް މެއިލް ކުރެއްވުން އެދެމެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ހަމައަށެވެ.

                މި އިޢުލާނާއިއެކު އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާރ 2022 މުބާރާތުގެ ގަވާއިދު ޢާންމުކުރީމެވެ.

                މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖޫން 2022