ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެމުއްދަތު އިތުރުކުރުން
މިއިދާރާގެ ނަންބަރު: (IUL)335-AS/335/2022/66 އިޢުލާނާއި ގުޅިގެން ކައުންސިލްގެ 3 ވަނަ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށްޓަކައި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ޢަދަދު މަދުކަމާއެކު، މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މުއްދަތު އިތުރުކޮށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނާއި ހިންމަފުށީ ސްކޫލުން އަދި މި އިޢުލާނުގެ ގެޒެޓް ލިންކުންނެވެ.
އަދި މިމުބާރާތަކީ މިރަށުގައި ދިރިއުޅޭ އެންމެހައި ބޭފުޅުންނަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ މުބާރާތެކެވެ.
މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއެކު ޢާއްމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.