ކުއްޔަށް ދިނުން
ނަންބަރު: (IUL)MMPRC-HAS/1/2014/50
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 31 އޮކްޓޫބަރު 2014 14:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ތުނބުރި ޕްރޮޖެކްޓުގެ ނަމުގައި ލ.އަތޮޅުގައި ތަރައްޤީކުރާ ސަރަޙައްދުގައި ބީޗް ރިސޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ދިވެހިރާއްޖޭގެ ލ.އަތޮޅުގެ ތުނބުރި ޓޫރިޒަމް ވިޔަފާރިއަށް ޚާއްޞަ ކުރެވިގެން ކުރިޔަށްގެންދާ ތުނބުރި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ (ފޭސް ވަން) ދަށުން ބީޗް ރިސޯޓް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާ.ރ. ކޯޕަރޭޝަންގެ ފަރާތުން ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމާއި، މިކަމަށް މީހުން ހޮވުމުގައި ބެލޭވޭނެ ކަންތައްތަކާއި އަދި ދޫކުރެވޭ ބިމުގެ މަޢުލޫމާތު އަޅުގަނޑުމެންގެ ވެބްސައިޓް www.investmenttourism.gov.mv ގައި ޝާއިޢުކުރެވިފައިވާ "އިންސްޓްރަކްޝަންސް ފޯރ ސަބްމިޝަން އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ISEOI)" އިން ލިބިވަޑައިގަންނަވާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަން ހުށަހެޅުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކެއް ފުރިހަމަ ކުރުމަށްފަހު 31 އޮކްޓޫބަރު 2014 ވާ ހުކުރު ދުވަހުގެ 14:30 ގެ ކުރިން "އިންސްޓްރަކްޝަންސް ފޯރ ސަބްމިޝަން އޮފް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ISEOI)" ގައި ބަޔާންކުރެވިފައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުން ނުވަތަ ގުޅުއްވުން އެދެމެވެ.

        މުޙައްމަދު އަސީލް

        ޑިރެކްޓަރ

        މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް

        4 ވަނަ ފަންގިފިލާ، ވެލާނާގެ

        މާލެ، ދިވެހިރާއްޖެ.

        ފޯން: 3323228

        ފެކްސް: 3323229

        އީ-މެއިލް:  [email protected]

        ވެބްސައިޓް: www.investtourism.gov.mv

20 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014